ގެދޮރުވެރިޔާ ސްކީމްގެ ބާކީ ފްލެޓްތައް ދޫކުރާނީ 15،000 ފޯމު ރިވިއުކޮށްފައި: މިނިސްޓަރު މުއްތަލިބް

Advertisement

Advertisement

އެންމެ ފަސް

Advertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރަން ހަމަޖެހިފައިވާ 4،000 ފްލެޓްގެ ތެރެއިން މިއަދު އާންމު ކުރި ލިސްޓުގައި ހިމެނޭ 1،820 މީހުންނަށް ފްލެޓް ދިނުމަށް ފަހު ބާކީ ފްލެޓްތައް ދޫކުރާނީ ހުށަހަޅާފައިވާ 15،000 އެއްހާ ފޯމު ރިވިއުކޮށްފައިކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފްލެޓް ލިސްޓާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 20،000 އެއްހާ މީހުން ފޯމު ހުށަހެޅިއިރު، އަދިވެސް 15،000 ފޯމް ރިވިއު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ފޯމްތަކަށް ޕޮއިންޓް ދޭނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

”އެހެންކަމުން ދެން ކުރާނެ މަސައްކަތަކީ ބާކީ ހުރި 15،000 އެއްހާ ފޯމު މި ދެންނެވި އުސޫލުން ބަލައި ވެރިފައިކޮށް ޕޮއިންޓް ދިނުން،“ މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު މުއްތަލިބް އިތުރަށް ވިދާޅުވީ، މިއަދު އިއުލާނުކުރާ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެއް މަސްދުވަހުގެ މުއްދަތެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެ މުއްދަތު ހަމަވުމުން، ބާކީ ހުރި 15،000 އެއްހާ ފޯމު ބަލައި ވެރިފައިކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ފްލެޓުތަކަށް މީހުން ވައްދާ ނިންމުން ކަމަށާއި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމުމަށް ފަހު އަންނަ މަހުގެ ތެރޭގައި ފްލެޓްތަކުގެ ހައްގުވެރިންނާ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވާނެ ސެޕްޓެމްބަރުގެ ކުރިން، ފްލެޓް ލިބޭ ހުރިހާ ފަރާތްތައް ކަނޑައަޅާ، އޭގެ މާނައަކީ އަޅުގަނޑުމެންނަށް މިހާރު މިދާ ޕްރޮސެސް ތެރެއިން ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާ ބާކީވާ ފްލެޓްތައް ބަޔަކަށް އެލޮކޭޓް ކުރުމާއި އެއްކޮށް މީހުންތައް ވައްދާ ނިމޭނެކަމަށް ސެޕްޓެމްބަރުގެ ތެރޭގައި.

ސަރުކާރުން އެ ޓާގެޓު ހާސިލް ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާކަމެއްވެސް ކުރާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ފްލެޓްތަކަށް ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ފްލެޓްތައް ނިމެމުންދާ ވަރަކުން ފެނާއި ކަރަންޓާ ގުޅާ މާޗު މަހުގެ ތެރޭގައި ބައެއް ފްލެޓްތައް ނިންމާލެވި މީހުންނަށް ހަވާލު ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 

ބޯހިޔާވަހިކަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ