އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން 3 ވަނަ ފަހަރަށް އިއުލާންކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އޮފީހެއް ހޯދަން ފިނޭންސް މިނިސްޓްރީން 3 ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

އެންސްޕާ އިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އޮފީސް އިމާރާތެއް ހޯދަން އިއުލާނުކޮށްފަ އެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވެ، އޭރު ކުއްޔަށް ނެގި އިމާރާތުގެ އެއްބަސްވުން ބާތިލް ކުރުމަށްފަހު އަލުން އިއުލާނުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ފިނޭންސުން އަލުން އިއްޔެ ކުރި އިއުލާނުގައި ބުނީ ފަސް އަހަރުގެ މުއްދަތަކަށް އެންސްޕާގެ އޮފީސް ހިންގާނެ އިމާރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ ދަށުން ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އެކަމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 252،000ރ. ހުށަހަޅަން ޖެހެ އެވެ.

ބިޑު ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 10 ވަނަ ދުވަހު މެންދުރު 1:00 ގެ ކުރިންނެވެ. ބިޑު ހުޅުވާނީ ޖެހިގެން އަންނަ 11 ވަނަ ދުވަހު އެވެ.

އެންސްޕާ ހިންގަން ފުރަތަމަ ކުއްޔަށް ނެގީ ކުރީގެ މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ އާއިލީ ގެ ކަމަށްވާ މއ. ސީރާޒީ ގެއިން ތިން ފްލޯ އެވެ. އެކަމަކު އެއީ އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސް އިން ދިގު މުއްދަތަކަށް އެގެއިން ކުއްޔަށް ނަގާފައިވާ ފްލޯތަކުގެ ތެރެއިން ތިން ފްލޯ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ