ގެދޮރިވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު މިއަދު މެންދުރުފަހު 3 ޖަހާއިރު ޢާއްމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަދު ޢާއްމުކުރާ ލިސްޓުގައި ހިމެނޭނީ ކުރީގެ ސަރުކާރުން އިޢުލާނުކުރި ފްލެޓު ލިސްޓުގެ ފުރަތަމަ 4,000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނެވެ. އެގޮތުން، ހުރިހާ ވެރިފިކޭޝަންތަކަށް ފަހު، ޖުމްލަ 1,820 މީހުންނަށް ފްލެޓު ލިބޭނެ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 1,423 މީހުންނާއި، ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 397 މީހުންނެވެ.
ކުރިން އާންމު ކުރި ލިސްޓުން 2،695 ފަރާތެއް ޝަރުތު ހަމަނުވާއިރު ޕޮއިންޓަށް އައި ބަދަލާއެކު 424 ފަރާތެއް ވަނީ ލިސްޓުން އުނިވެފަ އެވެ.
ކުރީ ސަރުކާރުން ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް އާންމު ކުރި ފްލެޓް ލިސްޓުން ޝަރުތު ހަމަވަނީ 45 އިންސައްތަ ފަރާތެކެވެ. ބާކީ 55 އިންސައްތަ ފަރާތެއް ވަނީ ޝަރުތު ހަމަނުވާތީ ލިސްޓުން އުނިކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ޝަރުތު ހަމަނުވާ އެންމެ މައިގަނޑު ސަބަބަކީ މާލޭގައި 15 އަހަރު އުޅުނުކަމަށް ސާބިތު ކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކުގައި އުޅޭ މައްސަލަތަކާ ހެދި ކަމަށެވެ.
ބޯހިޔާވަހިކަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ގެދޮރުވެރިޔާ ސްކީމް