އަންނަ މަހުގެ ތެރޭގައި ބައެއް ފްލެޓްތަކަށް މީހުންނަ ވަންނަން ފަށާނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ތެރެއިން ބައެއް މީހުން އަންނަ މަހުގެ ތެރޭގައި ފްލެޓްތަކަށް ވަންނަން ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ފްލެޓް ލިސްޓާ ގުޅޭ ގޮތުން ރައީސް އޮފީހުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ފްލެޓުތަކަށް މީހުން ވައްދާ ނިންމުން ކަމަށާއި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމުމަށް ފަހު އަންނަ މަހުގެ ތެރޭގައި ފްލެޓްތަކުގެ ހައްގުވެރިންނާ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވާނެ ސެޕްޓެމްބަރުގެ ކުރިން، ފްލެޓް ލިބޭ ހުރިހާ ފަރާތްތައް ކަނޑައަޅާ، އޭގެ މާނައަކީ އަޅުގަނޑުމެންނަށް މިހާރު މިދާ ޕްރޮސެސް ތެރެއިން ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާ ބާކީވާ ފްލެޓްތައް ބަޔަކަށް އެލޮކޭޓް ކުރުމާއި އެއްކޮށް މީހުންތައް ވައްދާ ނިމޭނެކަމަށް ސެޕްޓެމްބަރުގެ ތެރޭގައި.

ސަރުކާރުން އެ ޓާގެޓު ހާސިލް ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާކަމެއްވެސް ކުރާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ފްލެޓްތަކަށް ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ފްލެޓްތައް ނިމެމުންދާ ވަރަކުން ފެނާއި ކަރަންޓާ ގުޅާ މާޗު މަހުގެ ތެރޭގައި ބައެއް ފްލެޓްތައް ނިންމާލެވި މީހުންނަށް ހަވާލު ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ފްލެޓްތަކަށް މީހުން ވެއްދުން އަވަސް ކުރަން ޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ ޕްރޮޖެކްޓް ނިމުމުގެ ކުރިން ދައުލަތުން ނަގާފައިވާ ލޯނު ދައްކަން ފަށާފައިވާތީކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއީ ދައުލަތަށް ވަރަށް ބޮޑު ބުރައެއްކަމަށް މުއްތަލިބް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ބޯހިޔާވަހިކަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ގެދޮރުވެރިޔާ ސްކީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ