ދަތުރުވެރިންގެ މާރުކޭޓަށް ޒިޔާރަތްކުރައްވައި، އެތަނުގައި ވިއްކަމުންދާ ތަކެތީގެ އަގުތައް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ބައްލަވާލައްވައިފި އެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މިނިސްޓަރު މާރިޔާގެ މި ޒިޔާރަތުގައި ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި މާރުކޭޓުގައި ލިބެން ހުރި މިންވަރާއި، އެތަކެތީގެ އަގުތައް ހުރި މިންވަރު ވަނީ ބައްލަވާލައްވާފަ އެވެ.
މި ޒިޔާރަތުގައި މިނިސްޓަރު މާރިޔާ ވަނީ މާރުކޭޓުގައި ތިބި ބައެއް ދަނޑުވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ޚިޔާލުތައް ވެސް ހޯއްދަވާފަ އެވެ. މިއީ ދަނޑުވެރިންގެ ކަންބޮޑުވުންތަކާއި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް މުހިންމު ފުރުސަތެއް ކަމުގައި ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.
އާންމު ގޮތެއްގައި މި ދުވަސްވަރަކީ މާރުކޭޓުގައި ތަކެތީގެ އަގު އުފުލިގެންދާ މޫސުމެއް ނަމަވެސް، މިވަގުތު މާރުކޭޓުގައި އަނބު ވަރަށް ބޮޑަށް ތިޔާގިވެފައިވާކަން ފާހަގަކުރެވެ އެވެ. މިކަމަކީ އާންމު ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެއް ކަމުގައި ވުޒާރާއިން ދެކެ އެވެ.
މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ