ވަކި ފަރާތެއް އިސްތިސްނާ ނުކޮށް، ނުފޫޒަކަށް ލެނބުމެއްނެތި ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރާނަން: އޭސީސީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ވަކި ފަރާތެއް އިސްތިސްނާ ނުކޮށް، ނުފޫޒަކަށް ލެނބުމެއްނެތި ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.

އޭސީސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ތަހުގީގު ކުރަމުންދާތީ މިއަދު ވަނީ އެ ތިން ފަނޑިޔާރުން މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.

އެކަމާ ގުޅިގެން އޭސިސީން މިއަދު މިއަދު ނެރުނު ނުސްބަޔާނެއްގައި ބުނެފައިވަނީ، އެ ކޮމިޝަންގެ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ކޮރަޕްޝަނުގެ އަމަލެއް، އެޤާނޫނުގެ 24 ވަނަ މާއްދާގައި ބުނާ ފަރާތަކުން ކުރަމުންދާކަމަށް ތުހުމަތުކޮށް ހުށަހެޅިއްޖެނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަހުޤީޤުކުރުމަކީ އޭސީސީގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާއެއް އަދި ވާޖިބެއް ކަމަށެވެ.

މިފަދަ މައްސަލަތައް ބެލުމުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ޤާނޫނުތަކާއި ގަވާއިދުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން މައްސަލަތައް ބަލަމުންގެންދާނެކަން ކަށަވަރުކޮށްދޭ ކަމަށްވެސް އޭސީސީން ބުނެފައިވެ އެވެ.

”މި ކޮމިޝަނަށް ހުށަހެޅި ތަޙުޤީޤުކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަޙުޤީޤު ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.“ އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭސީސީން ތަހުގީގު ކުރަމުންދަނީ ފަނޑިޔާރުންނާ ގުޅޭ ކޮން މައްސަލައެއް ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

ޖޭއެސްސީއިން ބުނި ގޮތުގައި ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގައި، އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ކުރިއަށްދާކަމަށް އަންގާފައިވުމާ ގުޅިގެން ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ސުޕްރީމް ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ