ޓޫރިޒަމް ކުރިއެރުވުމަށް ބުކިން ޑޮޓްކޮމް އާއި އެމްއެމްޕީއާރުސީ އެއްބަސްވުމަކަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބުކިން ޑޮޓްކޮމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން، ބުކިން ޑޮޓްކޮމްގެ ގްލޯބަލް ރީޗާއި މާކެޓިންގެ ތަޖުރިބާ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވޭނެ އެވެ. އަދި ޖޮއިންޓް އިނިޝިއޭޓިވްތަކާއި ކެމްޕޭންތަކާއި ސްޓްރެޓެޖިކް ޕާޓްނަޝިޕްތައް އެކުލަވާލުމުގެ އޮނިގަނޑެއްވެސް މި އެއްބަސްވުމުގައި ހިމެނިފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އެންޑް އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވެފައިވަނީ، ”ބުކިން ޑޮޓްކޮމްއާ އެކު މި ޕާޓްނަޝިޕަކީ ރާއްޖޭގެ ރީތިކަމާއި ތަފާތުކަން ދުނިޔޭގެ ފެންވަރުގައި ދައްކާލުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް“ ކަމަށެވެ. އަދި ބުކިންގ ޑޮޓްކޮމްގެ ފުޅާ ނެޓްވޯކާއި ޑިޖިޓަލް މާކެޓިންގ ބޭނުންކޮށްގެން އަމާޒަކީ ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކުރުން ކަމުގައި ފާހަގަކުރެއްވި އެވެ.

މި އެއްބަސްވުމުގެ ދަށުން އިނޮވޭޓިވް މާކެޓިންގ މެދުވެރިކޮށް ފަތުރުވެރިން އަންނަ އަދަދު އިތުރުކުރުމާއި، ބުކިން ޑޮޓްކޮމްގައި ރާއްޖޭގެ ޓޫރިޒަމް އޮފާތައް ފެންނަ މިންވަރު އިތުރުކުރުމާއި، ޖޮއިންޓް މާކެޓިން ކެމްޕޭންތައް ތަރައްގީކުރުމާއި، އެކޮމޮޑޭޝަން ޕްރޮވައިޑަރުންނަށް ހުނަރު ބިނާކުރުމުގެ ވޯކްޝޮޕްތައް ހިންގުމަށް ވަނީ ރޭވިފަ އެވެ.

ބުކިން ޑޮޓްކޮމްއިން އެމްއެމްޕީއާރުސީއަށް ފޯރުކޮށްދޭނެ އެހީތެރިކަމުގެ ތެރޭގައި، އެކޮމޮޑޭޝަން ޕާޓްނަރުންނާއި އެމްއެމްޕީއާރުސީގެ މުވައްޒަފުންނަށް ސަޕްލައި ޗޭން އޮޕްޓިމައިޒޭޝަން ތަމްރީނު ފޯރުކޮށްދިނުމާއި، ޕްރޮމޯޝަނަލް ހަރަކާތްތަކަށް އެހީތެރިވުމާއި، ޓްރެވަލް ޓްރެންޑް އިންސައިޓްސް ހިއްސާކުރުން ހިމެނެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ