ރަމަޟާން މަހާއި ގުޅިގެން ފެރީ އަދި ބަސް ދަތުރުތަކުގެ ގަޑިތަކަށް ބަދަލުތަކެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރަމަޟާން މަހާ ގުޅިގެން ފެރީ އަދި ބަސް ދަތުރުތަކުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.

މި ބަދަލުތައް ގެނެސްފައިވަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި މުދާ އުފުލުމަށް ބޭނުންކުރާ ޚިދުމަތްތަކަށް ވީހާވެސް ބޮޑަށް ލުއިފަސޭހަ ވާނޭގޮތަށް ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެ އެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގެ ބަސް ދަތުރުތައް

ގްރޭޓަރ މާލޭ ސަރަޙައްދުގެ ބަސް ދަތުރުތަކަށް ބަލާއިރު، މާލެއިން ހުޅުމާލެ ފިޔަވަހި 1 އަދި 2 އަށް ދަތުރުތައް ހެނދުނު 7:00 ގައި ފެށުމަށް ހަމަޖެހިފައިވެ އެވެ. މި ދަތުރުތައް ރޯދަ ވީއްލާ ގަޑިއަށް މެދުކަނޑާލުމަށްފަހު، ރޭގަނޑު 7:20 ގައި އަލުން ފަށައި، ރޭގަނޑު 12:00 އާ ހަމައަށް ކުރިއަށްދާނެ އެވެ.

މާލޭ ތެރޭގެ ބަސް ދަތުރުތަކުގެ ތެރެއިން އޯކިޑް، އަމީނީ އަދި ސޯސަން ރޫޓުގެ ދަތުރުތައް ހެނދުނު 7:00 ގައި ފެށޭނެ އެވެ. މި ދަތުރުތައް އިރުއޮއްސޭ 6:00 އަށް މެދުކަނޑާލުމަށްފަހު، ރޭގަނޑު 9:00 ގައި އަލުން ފަށައި، ރޭގަނޑު 12:00 އާ ހަމައަށް ކުރިއަށްދާނެ އެވެ.

އަތޮޅުތެރޭގެ ފެރީ ޚިދުމަތް

އަތޮޅުތެރޭގެ ފެރީ ޚިދުމަތަށް ގެނެވުނު ބަދަލުތަކަށް ބަލާއިރު، 20 އަތޮޅެއްގައި، 6 ޒޯނަކަށް ބަހާލައިގެން 68 ރޫޓުން ދަތުރުތައް ކުރިއަށްދާނެ އެވެ. ކޮންމެ ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިން ނިމޭގޮތަށް ތާވަލުކުރެވިފައިވާއިރު، ރަމަޟާން މަހުގެ ހުކުރު ދުވަސްތަކުގައި އާރްޓީއެލް ފެރީ ދަތުރުތައް ނުހިންގުމަށް ވަނީ ނިންމާފަ އެވެ.

ރަމަޟާން މަހުގެ ފެރީ އަދި ބަސް ދަތުރުތަކުގެ ތަފްސީލީ ތާވަލު އެމްޓީސީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެ އެވެ.

ރަމަޟާން 1446 މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ