ރޭ ބަންޑުން ޖަހާލި ”ނަފާ“ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
މި މަސައްކަތް ކުރަމުން ދަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް އަދި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަރާތުންނެވެ.
އެމްއެންޑީއެފްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މިހާތަނަށް ކުރެވުނު މަސައްކަތުން އަދި ދޯނި ފެނިފައެއް ނުވެ އެވެ. ނަމަވެސް ދޯނީގެ ސާމާނު ކަމަށް ލަފާކުރެވޭ ބައެއް ތަކެތި ކަނޑުމަތިން ފެންނަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފަ އެވެ.
މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް އެމްއެންޑީއެފްއިން މިވަގުތާ ހަމައަށް ހާމަކޮށްފައެއް ނުވެއެވެ. އަދި ދޯނީގައި ތިބި ފަޅުވެރިންގެ އަދަދާއި، ހާދިސާ ހިނގި ސަރަޙައްދުގެ މަޢުލޫމާތުވެސް އަދި ވަނީ ހާމަނުކޮށެވެ.