ލާމަރުކަޒީ ނިޒާމަށް ބާރުވެރިކަން ދިނުމަށް ފެށި މަސައްކަތް ހުއްޓައެއްނުލާނަން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ލާމަރުކަޒީ ނިޒާމު ބާރުވެރިކޮށް، އެ ނިޒާމު ކުރިއެރުވުމަށްޓަކައި ފައްޓަވާފައިވާ މަސައްކަތްޕުޅުތައް ހުއްޓާނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ލާމަރުކަޒީ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

”ރަށްރަށަށް ދަތުރުކޮށް، ކައުންސިލްތަކުގެ އަޑު ސީދާ އަހައި، ރައްޔިތުންނާއި ގާތުން ބައްދަލުވެ، ހާލަތު ލޮލުން ދެކި، ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް އަޅުގަނޑު ފެށި މަސައްކަތް ހުއްޓުމެއް ނެތި އިންޝާﷲ ދާނީ ކުރިޔަށް،“ ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އިޚްތިސާސް ފުޅާކުރުން

ކައުންސިލްތަކުގެ އިޚްތިސާސް ފުޅާކުރުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން ރ. މަޑުއްވަރީގެ އިޚްތިސާސްގައި އުފުލަންދޫ އަދި އެ އަތޮޅު މީދޫގެ އިޚްތިސާސްގައި ތާވަތާ ހިމަނުއްވައި ދެއްވާފައިވެ އެވެ. މީގެއިތުރުން ހައްދުންމަތީ ގަމުގެ އިޚްތިސާސްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.

އޭގެއިތުރުން ގިނަ ކައުންސިލްތަކަކަށް މިހާތަނަށް ފަޅު ރަށް ހަވާލުކޮށްފައިވާއިރު، އިތުރު ކައުންސިލްތަކާއި ފަޅު ރައްތައް ހަވާލުކުރުމުގެ މަަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ސަރުކާރުން ދެކޭގޮތުގައި މިގޮތަށް ހަވާލުކުރެވޭ ފަޅު ރަށްތަކާއެކު، ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބޭނެ އެވެ.

މާލީ ބާރުވެރިކަން އިތުރުކުރުން

ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމަށް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފަ އެވެ. މިގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރަމަޟާންމަހުގެ އިނާޔަތް ލިބޭނެގޮތް ހަމަޖެއްސެވުން ފާހަގަކޮށްލެވެ އެވެ.

އޭގެއިތުރުންވެސް ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ