ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ފުލުހުން އިހުމާލުވެފައިވާކަމަށް ގަބޫލުކުރަން: އިހުސާން

Advertisement

Advertisement

އެންމެ ފަސް

Advertisement

ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަޙުޤީޤުގައި ފުލުހުން އިހުމާލުވެފައިވާކަމަށް ގަބޫލުކުރައްވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާއެކު ނ. ހޮޅުދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވައި، ސުވާލުތަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރައްޔިތުން ފާހަގަކުރައްވާ ބައެއް އިހުމާލުތައް މިނިސްޓަރުވެސް ގަބޫލުކުރައްވާ ކަމަށެވެ.

”ތިބޭފުޅުން ތި ވިދާޅުވި ފުލުހުންގެ ބައެއް އިހުމާލުތައް އަޅުގަނޑު ގަބޫލުކުރަން. ބައެއް ކަންކަން އެބަހުރި,“ ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅުނު ގޭގެ ގުދަނުންނެވެ. ފުލުހުން ކުރިން ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން އެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން ފާހަގަނުކުރެވޭ ކަމަށެވެ. ނަމަވެސް، ޒަކިއްޔާ މަރުވެފައި އޮތްއިރު ކަރުގައި ޒަޚަމްތަކެއް ހުރުމުންނާއި ކައިރީގައި ވަޅިއެއް އޮތުމާ ގުޅިގެން އެ ރަށު ރައްޔިތުން ވަނީ މި މަރާމެދު ޝައްކު އުފައްދާފަ އެވެ.

ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވީ މި މައްސަލައިގައި ފުލުހުންގެ މަސައްކަތް ބަލަމުންދާ މިނިވަން މުއައްސަސާތަކަށާއި ރައްޔިތުންގެ މަޖިލީހަށް ފުލުހުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، ބޭނުންވާ މަޢުލޫމާތު ހޯދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، މި މައްސަލައާ ގުޅިގެން ރަށުގެ ރައްޔިތުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްވެފައިވާކަން ގަބޫލުކުރައްވާ ކަމަށާއި، މިކަމާ ގުޅޭ ދައުލަތުގެ އިދާރާތަކާ ވާހަކަދައްކައި، ރަށަށް ބޭނުންވާ އިތުރު ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށްވެސް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ