އައްޑޫ ސިޓީގެ މަރަދޫ-ހިތަދޫ ބްރިޖުގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި 24 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 09:49 ގައެވެ.
މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ގ. ނައިޓް ޑްރީމް / ކ.މާލެ، ލީވާން އަބްދުލް ސައްތާރު (24 އަހަރު) އެވެ. ލީވާންއަކީ ރޭސް ކާރު/ސައިކަލު ދުއްވާ ޒުވާނެކެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ މަރަދޫ އިން ހިތަދޫއަށް ދުއްވަމުން ދިޔަ ސައިކަލެއް ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ބްރިޖުގެ ބެންޑު ހިސާބުން ކޮންޓްރޯލް ގެއްލި، ބްރިޖުގެ ފެންސުގައި ޖެހުމުން ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.