ށ. އަތޮޅުގައި ފުރަތަމަ ފަހަރަށް ޕާސްޕޯޓްގެ ޚިދުމަތް ފަށައިފި އެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. މި ޚިދުމަތް ފެށުމާއެކު، އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް ށ. އަތޮޅުން ނެގޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
މިހާތަނަށް ރާއްޖޭގެ ނުވަ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ވަނީ ފަށާފަ އެވެ. މީގެ އިތުރުން މާލެ، ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހި އަދި ވިލިމާލޭގައިވެސް މި ޚިދުމަތް ލިބެމުންދެ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.