ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ އެމްޑީޕީ 3 މެންބަރެއްގެ ނަން އިއްވާ ތަޅުމުން ނެރެފި އެވެ.
ނަން އިއްވާފައވާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނަކީ:
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
- ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
މި ތިން މެންބަރުންގެ ނަން އިއްވީ ކޯޓުތަކުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ޖުޑިޝަރީ ކޮމިޓީން ދިރާސާކުރި ރިޕޯޓަށް ތަޅުމުގައި ވާހަކަ ދެއްކިއިރު މަޖިލީހުގެ ކައުސެލް ޖެނެރަލްގެ ލަފައާމެދު ތަޅުމުން ގޮތެއް ނިންމުމަށް ކޮމިޓީން ނިންމިނަމަވެސް އެކަން އެގޮތަށް ކޮށްފައިނުވާތީ އެވެ.
ކައުންސިލް ޖެނެރަލްގެ ލަފާފުޅާ ގުޅިގެން ރޭގެ ވަގުތެއްގައި ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްވެސް ބޭއްވި އެވެ.