އެމްޑީޕީ ސަރުކާރުގެ ވެރިންނާ ދެކޮޅަށް ޖިނާއީ ތަޙުޤީޤު ހިންގުމަށް އަންގާނަން: އިހުސާން

Advertisement

Advertisement

އެންމެ ފަސް

Advertisement

އިމިގްރޭޝަން އެކްސްޕެކްޓް ސިސްޓަމުން ދައުލަތަށް ގެއްލުންވާ ގޮތަށް މިދިޔަ ސަރުކާރުގެ ވެރިން ޢަމަލުކޮށްފައިވާތީ އެމްޑީޕީ ސަރުކާރުގެ ވެރިންނާ ދެކޮޅަށް ޖިނާއީ ތަޙުޤީޤު ހިންގުމަށް އަންގާނެކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިޙްސާން މިފަދައިން ވިދާޅުވެފައިވަނީ، އޭނާއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ. އެމްޑީޕީގެ 12 މެންބަރުން މިނިސްޓަރު އިޙްސާންގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ތަފާތު އެކި ތުހުމަތުތައް ވަނީ ކޮށްފައެވެ.

މިނިސްޓަރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ޑީއެންއާރު ޑޭޓާ ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމާއި، ބެސްޓިނެޓް މައްސަލައިގައި އަހަރަކު 460 މިލިއަން ރުފިޔާ ދައްކަންޖެހޭ އެއްބަސްވުމެއްގައި ސޮއިކުރުން ހިމެނެއެވެ. އަދި މީގެއިތުރުން ފުލުހުންގެ ތަޙުޤީޤުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވެއެވެ.

ނަމަވެސް މި ހުރިހާ ތުހުމަތުތަކަށް މިނިސްޓަރު ވަނީ އިންކާރުކުރައްވާފަ އެވެ.

މިނިސްޓަރު އިޙްސާން ވިދާޅުވި ގޮތުގައި އެކްސްޕެޓް ސިސްޓަމާ ގުޅޭ މައްސަލައިގައި މިދިޔަ ސަރުކާރުގެ ވެރިން އިހުމާލުވެފައިވާކަން ލިޔެކިޔުންތަކުން ސާބިތުވެއެވެ. އަދި މިކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

”މި ސިސްޓަމް ގެނައުމުން ރާއްޖޭގައި މި ވަގުތު އެކްޓިވް ވޯކް ޕަރމިޓް ކަމަށް ސިސްޓަމުން ފެންނަ އަދަދުން ބަލާއިރުގައި ދިވެހި ދައުލަތަށް 1.3 ބިލިއަން ރުފިޔާ ވަދެގެންދާނެ. މިހާރު ހުރި ސިސްޓަމްގައި ފަންކްޝަނަށް ހުރި ގޮތުން ލާރި ކަލެކްޓް ކުރުން އުނދަގޫވެފައި އެކްޓިވްކޮށް ތިބި މީހުންގެ މައްސަލަތައް ރަނގަޅަށް ނުބެލޭތީ ވަންނަނީ އެވްރެޖްކޮށް 770 މިލިއަން ރުފިޔާ,“ މިނިސްޓަރު އިޙްސާން ވިދާޅުވި އެވެ.

މިނިސްޓަރު އިޙްސާން ވިދާޅުވި ގޮތުގައި މިކަމުގައި އިހުމާލުވެފައިވާ ކުރީގެ ސަރުކާރުގެ ވެރިންގެ މައްޗަށް ޖިނާއީ ތަޙުޤީޤު ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާނެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ