ވެންޓިލޭޓަރު މައްސަލައިގައި ދުބާއީގެ ކުންފުންޏާ ދެކޮޅަށް ޔޫއޭއީގައި ތަހުގީގެއް ހިންގަން އެދެން ހުށަހަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލަައިގައި ދުބާއީ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޔޫއޭއީގައި އެދުމަށް ޕީޖީއަށް ހުށަހެޅުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބުރައިސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައަކީ ކޮޅެއްގައި ނުޖެހިއޮތް މައްސަލައެއް ކަމަށެވެ.

އެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ބަންޑާރަނައިބުގެ އޮފީހުން ހޯދިކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އެ މައްސަލައިގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ދިވެހި ސަރުކާރަށް ބަދަލުގެގޮތުގައި 1.8 މިލިއަން ޑޮލަރު ދައްކަންޖެހޭނެ ކަމަށް އާބިޓްރޭޝަނުން ނިންމާފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އޭޖީ އޮފީހުން މި ކަމުގައި ކޮމިޓީއާ ހިއްސާކޮށްފައިވާ ސިޓީގެ އިތުރު ތަފްސީލު ކުރިއަށް ގެންގޮސްފައިވަނީ މައިކު ކަނޑާލައިގެންނެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ މައްޗަށް ޔޫއޭއީގެ ފުލުހުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ހުށަނާޅަނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ.

މި މައްސަލައިގައި ނާޒިމް ކޮމިޓީއަށް ހުށަހެޅުއްވީ މި މައްސަލަ ޕީޖީއަށް ހުށަހަޅައިގެން، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޔޫއޭއީގެ ފުލުހުންނަށް ހުށަހެޅުމަށް ދެންނެވުމަށެވެ. މިގޮތަށް މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ފާސްވެސް ކޮށްފަ އެވެ.

ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އަދި ސަރުކާރުން ވަނީ އެޑްވާންސަށް 30.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކާފައެވެ.

ރައްޔިތުންގެ މަޖިލިސް މާލިއްޔަތު ކޮމެޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ