ކުރިއަށް އޮތް ރަމަޟާން މަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރާނެ ގަޑިތައް އާންމުކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، ރަމަޟާން މަހުގެ 20 ވަނަ ދުވަހާ ހަމައަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:15 އިން 11:30 އަށް ކިއުބީން ނަންބަރު ނަގައިގެން ކާޑު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އަދި ދުވާލަކު ދޫކުރާނީ 150 ކިއު ނަންބަރެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާތީ، އެ މުއްދަތުގައި އައިޑީ ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ މާޗް 23، 25 އަދި 27 ވަނަ ދުވަހު އެކަނި ކަމަށް ޑީއެންއާރުން ވަނީ ހާމަކޮށްފަ އެވެ.
ނަމަވެސް، ކުއްލި އަދި އިމަޖެންސީ ހާލަތްތަކުގައި އައިޑީ ކާޑު ހައްދަން ޖެހޭ ފަރާތްތަކަށް ޑީއެންއާރުގެ ނަންބަރު 7280368 އަށް ގުޅުމުން އެ ޚިދުމަތް ލިބޭނެ ކަމަށް އެ އިދާރާއިން ވަނީ އަންގާފަ އެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށްވާނެކަމަށް ބެލެވެނީ މި މަހުގެ 28 ވަނަ ދުވަސް އެވެ.
ރަމަޟާން 1446 ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)