ސަރުކާރުން މަޝްރޫޢުތައް ހިންގުމަށް ރާވާފައި ވަނީ އެންމެ ޚަރަދު ކުޑަކޮށް: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން މަޝްރޫޢުތައް ހިންގުމަށް ރާވާފައިވަނީ އެންމެ ޚަރަދު ކުޑަކޮށް، އެންމެ ރަނގަޅަށް ކަންކަން ކުރެވޭނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މާއެނބޫދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކުރެއްވުމެވެ. މާއެނބޫދޫއަށް ވަޑައިގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ އެރަށު ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ބިންހިއްކުމުގެ މަޝްރޫޢުގެ ޔަޤީންކަން ދެއްވުން ކަމުގައި ފާހަގަކުރެއްވި އެވެ.

”އީ.އައި.އޭ ފާސްވުމާއެކު ޢަމަލީ ގޮތުން ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ. ރިޔާސީ އިންތިޚާބުގައި ވަޢުދުވި ގޮތަށް 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަޤީންކަން އަރުވަން،“ ރައީސް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ފެބުރުވަރީ އަދި މާރޗު މަހުގެ ތެރޭގައި ހުރިހާ ރަށެއްގައިވެސް ހުއްޓިފައިހުރި މަސައްކަތްތައް އަލުން ފެށިގެންދާނެ އެވެ. މާއެނބޫދޫގެ ތަރައްޤީއަށް ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ މައިގަނޑު ދެ ވަޢުދަކީ ބިންހިއްކުމާއި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމެވެ.

މީގެއިތުރުން، ތަޢުލީމާއި ޞިއްޙަތުގެ ދާއިރާއިންވެސް ސަރުކާރުން އެކި މަޝްރޫޢުތައް ކުރިއަށް ގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ. ހެލްތު ސެންޓަރުގެ އެކްސްޓެންޝަންގެ މަސައްކަތް ފެށިފައިވީ ނަމަވެސް، އެއީ އިދާރީ ބައި އެކަނި ކަމަށާއި، ޞިއްޙީ ޚިދުމަތް ދިނުމުގައި އަދިވެސް ޖާގައިގެ ދަތިކަން ހުރިކަންވެސް ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ. މާއެނބޫދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ