މިހާތަނަށް ޖުމުލަ 15000 ގޭބިސީއަށް މަސްދަޅު ކޭސް ފޯރުކޮށްދެވިއްޖެ: މިނިސްޓަރ

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުގެ ޖުމުލަ 15،000 ގޭބިސީއަށް މިހާތަނަށް ރޯދަމަހުގެ ހަދިޔާގެ ގޮތުގައި ދެވޭ މަސްދަޅު ކޭސް ފޯރުކޮށްދެވިފައިވާ ކަމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި މިނިސްޓަރ ވިދާޅުވެފައިވަނީ މިހާރު ހަމަޖައްސާފައިވާ އިންތިޒާމުތަކާއެކު މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ”ވަރަށް ފަސޭހަ ގޮތެއްގައި“ ކުރިޔަށްދާ ކަމަށެވެ.

ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަން ދޭނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެ އެވެ. އަދި ހުރިހާ ގޭބިސީއަކަށްވެސް ރޯދަ ހަދިޔާ ލިބޭނެ ކަމުގެ ޔަޤީންކަން އަރުވާފައިވެ އެވެ.

މަސްދަޅު ކޭސް ބެހުމުގެ މަސައްކަތަށް އާންމުން ދެއްވި އިޖާބައަށް ރިއާޔަތްކޮށް، މިހާރު ވަނީ މާލެ ސަރަހައްދުގައި 13 ތަނެއް ހަމަޖައްސާފަ އެވެ. މީގެ ތެރޭގައި ގަލޮޅު ދަނޑާއި ސޯޝަލް ސެންޓަރުގެ އިތުރުން ހުޅުމާލެއިން ދެ ތަނެއް ހިމެނެ އެވެ.

މި އަހަރުގެ ރޯދަމަހަށް ސަރުކާރުން ގޭބިސީތަކަށް ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދަނީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ފަސޭހަ އިންތިޒާމެއްގެ ދަށުން ކަމަށް ވެސް މިނިސްޓަރ ފާހަގަކުރައްވާފައިވެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ