މާއެނބޫދޫ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދ. މާއެނބޫދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއެނބޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، އެ މަސައްކަތް ނިމޭއިރު ރައްޔިތުން ބޭނުންވާ ގޮތަށް ދެ ހެކްޓަރު ވަކި ރަށެއްގެ ގޮތުގައި ހިއްކާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢު މިހާރު އޮތީ އީއައިއޭ ހެދުމުގެ މަރުހަލާގަ އެވެ. އަދި އެ މަސައްކަތް ނިމުމާއެކު މާއެނބޫދޫގެ 30 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

”ކުރިޔަށް އޮތް ދެތިން ހަފްތާތެރޭގައި އީއައިއޭ ފާސްވުމާއެކީގައި ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފެށޭނެ. ފެށި ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސްދޭނަން. އަޅުގަނޑު ރިޔާސީ އިންތިހާބުގައި ތިޔަބޭފުޅުންނަށް ވައުދުވި ގޮތަށް 30 ހެކްޓަރު ހިއްކައި ނިންމާލާނެ ކަމުގެ ޔަގީންކަން ދެން،“ ރައީސް ވިދާޅުވި އެވެ.

މާއެނބޫދޫގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މާއެނބޫދޫގެ 30 ހެކްޓަރުގެ ބިން ހިއްކުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މީގެއިތުރުން، އެރަށުގައި ގާއިމުކުރަމުންދާ މަލްޓީ ޕާޕަސް ހޯލުގެ މަސައްކަތް ވެސް އަންނަ މެއި މަހު ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ. މާއެނބޫދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ