ދ. މާއެނބޫދޫ ސިއްޚީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފި އެވެ. މި އިމާރާތް ހުޅުވައިދެއްވީ ރައީސް މިހާރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އިމާރާތަކީ މާއެނބޫދޫގެ ސިއްޚީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެޅި އިމާރާތެކެވެ. މީގެ ކުރިން ސިއްޚީ މަރުކަޒުގެ އިދާރީ މަސައްކަތްތަކާއި ޕަބްލިކް ހެލްތުގެ އެންމެހައި މަސައްކަތްތައް ކުރަމުން އައީ އެންމެ ކޮޓަރިއަކުންނެވެ.
އައު އިމާރާތުގައި ޕަބްލިކް ހެލްތު ޑިޕާޓްމަންޓުތަކާއި މާބަނޑު މީހުންގެ ކުލިނިކް ހިމެނެ އެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދޭ ޚާއްސަ ކުލިނިކެއްވެސް މި އިމާރާތުގައި ޤާއިމުކޮށްފައިވެ އެވެ.
މި އިމާރާތް ހުޅުވުމާ ގުޅިގެން ސިއްޚީ މަރުކަޒުގެ އިދާރީ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން އިތުރުކުރެވި، ޕަބްލިކް ހެލްތު ޔުނިޓުގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ އެވެ. މިއީ މާއެނބޫދޫގެ ސިއްޚީ ޚިދުމަތްތައް ތަރައްޤީވެ، ކުރިއެރުމަށް ލިބިގެންދިޔا ވަރަށް މުހިންމު ކުރިއެރުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ހެލްތް ދ. މާއެނބޫދޫ ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން