ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރިޔާސަތުގައި އިންނެވީ މިނިވަންކަމާއެކު ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު މީކާއިލް ވަނީ މަޖިލީހުގެ ރައީސްގެ ހާލުކޮޅާމެދު ހަމްދަރުދީވާކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލިސް ރައީސް އިނީ ”ބަޑި ބައިންދާފައި“ އިން ހާލަތެއްގައި ކަމަށްވެސް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް މިފަދައިން ވިދާޅުވުމުން އޭނާގެ ވާހަކަ ހުއްޓުވާ މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނުގެ ހާލަތެއް މީކާއިލްއަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ.
”އިއްޒަތްތެރި މެންބަރަކަށް އެނގިވަޑައެއް ނުގަންނަވާނެ، އަޅުގަނޑުގެ ސިއްހީ ހާލަތެއްވެސް އަދި ދިރިއުޅުމުގެ ހާލަތެއްވެސް، އެހެން ހާލަތެއްވެސް. އެހެންމަ އެއަށް އެއްޗެއް ވިދާޅުވުމުގެ ފުރުސަތެއް ނޯންނާނެ.“ އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތަށް އެމަނިކުފާނު އިންތިހާބު ކޮށްދެއްވީ މަޖިލީހުގެ މެންބަރުން ކަމަށާއި ރިޔާސަތުގެ ގޮނޑީގައި އިންނެވީ މިނިވަންކަމާ އެކު ކަމަށެވެ. އަދި މަޖިލީހުގައި އެމަނިކުފާނަށް އެއްވެސް ކަމަކަށް ހުރަސް ނެތްކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މެންބަރު މީކާއިލް ނަސީމް