މޯލްޑިވިއަން ފްލައިޓެއްގެ އިންޖީނެއް ފެއިލްވެ އެމަޖެންސީކޮށް ފުވައްމުލަކަށް ލޭންޑްކޮށްފި އެވެ.
އިންޖީނު ފެއިލްވެފައިވަނީ މޯލްޑިވިއަންގެ Q2 124 ބޯޓުގެ އެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ލޭންޑު ކުރީ ކަމަށާއި އެވަގުތު ބޯޓުގައި ހަރަކާތްތެރިވި ކްރޫއިން ޕްރޮޓޮކޯލާއި އެއްގޮތަށް އަމަލުކޮށް ބޯޓު ފުވައްމުލަކު ސިޓީއަށް ލޭންޑު ކޮށްފައި ކަމަށެވެ.
މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފަ އެއް ނުވެއެވެ.
ރާއްޖޭގައި މަދުންނަމަވެސް މިފަދަ ހާދިސާތައް ދިމާވެ އެވެ.