ދ. އަތޮޅު ހޮސްޕިތަލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށް، މިއަދު ހެލްތު މިނިސްޓްރީއާއި އެ ކުންފުންޏާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅެއްގެ ތެރޭގައެވެ. ރައީސްގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ދ. ކުޑަހުވަދޫއެވެ.
އާރުޑީސީން މިހާރު އަންނަނީ ހއ. އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތްވެސް ކުރަމުންނެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މިނިސްޓްރީ އޮފް ހެލްތް ދ. އަތޮޅު ކައުންސިލް