ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މެންބަރު އައްޔަނު ކުރައްވައިފި އެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަނު ކުރައްވާފައިވަނީ ގއ.ވިލިނގިލި / ވައިޖެހޭގެ ޔަޒްމީދު މުހައްމަދު އެވެ.
ޔަޒްމީދު ޖޭއެސްސީއަށް އައްޔަނު ކުރެއްވީ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ. ޖޭއެސްސީގެ މެންބަރު ކަމަށް ޔަޒްމީދު އައްޔަނު ކުރައްވާފައިވަނީ އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ.
ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވީ ރ.އިނގުރައިދޫ / ހިތްވަރު މުހައްމަދު ސަމީރު އެވެ. ޔަޒްމީދު މަގާމަށް އައްޔަނު ކުރެއްވީ މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.
ޔަޒްމީދު މުހައްމަދު ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިނގިލި ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)