ފުވައްމުލަކުގެ ބޮޑު މާހެފުން މިމަހުގެ 26-27 ގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަހަރީ ބޮޑު މާހެފުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 އާއި 27 ވަނަ ދުވަހުގައި ކަމަށް އެ ސިޓީގެ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ނިޖާހު ވިދާޅުވެއްޖެ އެވެ.

”ޖަވިޔަނި“ އާ ވާހަކަ ދައްކަވަމުން ނިޖާހު ވިދާޅުވި ގޮތުގައި މި އިވެންޓުގެ ތެރޭގައި 26 ވަނަ ދުވަހުގެ ހަވީރު އިސްރަށްވެހިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހަމަ އެދުވަހު މޯލްޑިވިއަން އެއަރލައިންސްގެ ސްމައިލިންގ ކެމްޕެއިނާ ގުޅުންހުރި ޙަރަކާތްތަކެއްވެސް ކުރިއަށްދާނެ އެވެ.

މި އިވެންޓުގައި ފުޑް ސްޓޯލްތަކުގެ އިތުރުން ގިނަ އަދަދެއްގެ ކުޅިވަރު ޙަރަކާތްތައް ހިމެނޭކަމަށް ނިޖާހު ވިދާޅުވި އެވެ. އޭގެ ތެރޭގައި ސާފިންގ، ބީޗް ވޮލީ، ޗަކީ (ފައިގަ ތަޅާ ކުޅުން)، ވާދެމުން، ކުޑަކުދިންގެ ސޭންޑް ޓޯއީސް އަދި ޕޫލް ފަދަ ކުޅިވަރުތައް ހިމެނެއެވެ. އަދި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް އެރޭގޮތަށް ސްލައިޑްތައްވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ފުވައްމުލަކު ސިޓީގައި ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިފަދަ ބޮޑު މާހެފުމެއް ބޭއްވުމަކީ އާންމު ކަމެކެވެ. މި އިވެންޓަކީ ރަށުގެ އެންމެހާ ރައްޔިތުން އެއްތަނަކަށް އެއްކޮށް، އުފާވެރި މާހައުލެއްގައި ރަމަޟާން މަހަށް ތައްޔާރުވުމުގެ ފުރުޞަތު ލިބިދޭ ޙަރަކާތެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

ރަމަޟާން 1446 ފުވައްމުލަށް ސިޓީ ކައުންސިލް ފުވައްމުލައް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ