އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލް ނިންމާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

”އުރީދޫ ނޭޝަން ގޭމާސް ލޭންޑް: ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް“ ކާމިޔާބުކަމާއެކު ނިންމާލާފި އެވެ.

މި ފެސްޓިވަލްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ހެލްތް އެންޑް ރެކްރިއޭޝަން އަބްދުﷲ ރަފީޢު އެވެ.

ގޭމިންގ އާއި އީސްޕޯޓްސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މާލޭގެ އުސްފަސްގަނޑުގައި ބޭއްވުނު މި ފެސްޓިވަލްގެ ފެށުމުގައި ބޭއްވުނު ވައިބްރަންޓް ކޮސްޕްލޭ ސެގްމެންޓްގައި، ގިނަ ބައިވެރިންތަކެއް ވަނީ އެމީހުންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކުވައިދީފަ އެވެ. މި ސެގްމެންޓްގައި ބައިވެރިން ވަނީ މަޝްހޫރު ގޭމިންގ އަދި އެނިމޭ ކެރެކްޓަރުތަކަށް ފުރާނަ ދިނުމާއެކު، އެންމެ މޮޅު ކޮސްޕްލޭޔަރުންނަށް ޚާއްސަ އެވޯޑްތަކެއް ދީފަ އެވެ.

ފެސްޓިވަލްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ރަފީޢު ވިދާޅުވީ، ”ރާއްޖޭގައި އީސްޕޯޓްސް އަދި ގޭމިންގ ސަގާފަތް ކުރިއެރުވުމުގައި އުރީދޫ ނޭޝަން އިން ކުރަމުންދާ މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް“ ކަމަށެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ، އުރީދޫ ނޭޝަން މެދުވެރިކޮށް ގޭމިންގ ކޮމިއުނިޓީ ބާރުވެރިކުރުވައި، ޑިޖިޓަލް ޒަމާނުގައި ކުޅުންތެރިންނަށް ވާދަކޮށް، ގުޅާލައި، ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި އެ ކުންފުނިން ދެމިއޮންނާނެ ކަމަށެވެ. މި ފެސްޓިވަލްއަކީ އެ މަޤްސަދު ހާސިލުކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށް ވެސް އުރީދޫއިން ފާހަގަކޮށްފައިވެ އެވެ.

އުރީދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ