ރޯދައަށް ވިލިނގިލީގައި ޤުރުއާން މުބާރަތަކާއެކު، ނަމާދު ޕްރޮގްރާމެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގއ. ވިލިނގިލީގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާ ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު މިއަދު ހާމަކުރައްވައިފި އެވެ.

މިގޮތުން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި މިސްކިތްތައް ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ވެސް އިއްޔެ ވަނީ ނިންމާލާފަ އެވެ. އަދި މި މަހުގެ 26 ވަނަ ދުވަހު ރަށުގެ ހުރިހާ ރައްޔިތުންނާއެކު މާހެފުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްކޫލް ކުދިންނަށް ހާއްސަ ޕްރޮގްރާމެއް

ރަމަޟާން މަހުގެ ތެރޭގައި ސްކޫލް ކުދިންނަށް ހާއްސަކޮށްގެން 40 ނަމާދު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ކުދިންނަށް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގުޅިގެން ހާއްސަ ހަދިޔާއެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޤުރުއާން މުބާރާތުގެ އެންމެ މޮޅު ވާދަވެރިޔާއަށް އުމްރާ ދަތުރެއް

މީގެއިތުރުން، ރަމަޟާން މަހުގެ ތެރޭގައި ބާއްވާ ޤުރުއާން މުބާރާތުގެ އެންމެ މޮޅު ވާދަވެރިޔާއަށް އުމްރާ ދަތުރަކާއި ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރަމަޟާން މަސް އައުމާއެކު ރަށުގެ ހުރިހާ ގެތަކަކަށް ޒިޔާރަތްކޮށް، ހާއްސަ ހަދިޔާ ޕެކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރަމަޟާން 1446 ގއ. ވިލިނގިލި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ