ރޯދަ މަހު ބީއެމްއެލްގެ ހިދުމަތްތައް އޮންލައިންކޮށް ދެނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ހުރިހާ ބޭންކިން ޚިދުމަތެއް އޮންލައިންކޮށް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

މިއީ ބީއެމްއެލްގެ ޑިޖިޓަލައިޒޭޝަން ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ރޯދަ މަހުން ފެށިގެން އޮންލައިންކޮށް ދޭން ފަށާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

1. އާންމުންނާއި ވިޔަފާރިތަކަށް އަލަށް އެކައުންޓު ހުޅުވުން
2. ގެދޮރު ގަތުމާއި އިމާރާތްކުރުމަށާއި ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް އެދި ހުށަހެޅުން
3. ރާއްޖެއިން ބޭރުން ލިބޭ 10,000 ޑޮލަރުން ދަށުގެ ފައިސާ ވަގުތުން އެކައުންޓަށް ޖަމާކުރުން
4. ރާއްޖެއިން ބޭރަށް 5,000 ޑޮލަރުން ދަށުގެ ފައިސާ އޮންލައިންކޮށް ފޮނުވުން
5. ވިޔަފާރިތަކަށް ބިޒްނަސް ކާޑުން 200,000 ރުފިޔާއަށްވުރެ ގިނަ ފައިސާ ނެގުމުގެ ފުރުޞަތު

މީގެ އިތުރުން، ބީއެމްއެލްއިން އިތުރު ޚިދުމަތްތަކެއް ވެސް ތަޢާރަފުކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

– ކަސްޓަމަރުންގެ ގެއަށް ކާޑު ފޮނުވައިދިނުމާއި އޮންލައިންކޮށް އެކްޓިވޭޓްކުރުން
– ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ 24 ގަޑިއިރު ތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުން
– އޭޓީއެމްގެ މައްސަލަތަކުގައި އެއް ގަޑިއިރު ތެރޭގައި ފައިސާ އަނބުރާ ޖަމާކޮށްދިނުން
– ވިޔަފާރިތަކަށް ޚާއްޞަ ޚިދުމަތްތައް ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފޯރުކޮށްދިނުން
– 24 ގަޑިއިރުގެ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ވަޓްސްއަޕް އަދި ވައިބަރ މެދުވެރިކޮށް ޚިދުމަތް ދިނުން

ބީއެމްއެލްއިން މި ޚިދުމަތްތައް ރޯދަ މަހާ ދިމާކޮށް ތަޢާރަފުކުރަނީ ކަސްޓަމަރުންނަށް ބޭންކަށް ނުގޮސް ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ. ނަމަވެސް، ބޭންކުގެ ބްރާންޗުތައް ރޯދަ މަހުގެ ފަހު 10 ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހުޅުވިފައި ހުންނާނެ އެވެ. ރޯދަ މަހުގެ ފަހު 10 ގައި ބީއެމްއެލްގެ ބްރާންޗްތައް ބަންދު ވާނެ އެވެ.

ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ބްރާންޗުތައް ހުޅުވިފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.

ބީއެމްއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ