މަސްދަޅު ކޭސް ބެހުމުގެ ކަންކަން ފަސޭހަކުރުމަށް ޓޯކަންގެ އަދަދު އިތުރުކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުގައި ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް ބެހުމުގެ ކަންކަން ފަސޭހަކުރުމަށް ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު އިތުރުކުރުމަށް ނިންމާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރޭ ރޯދަ ހަދިޔާ ދޫކުރުމުގެ ކަންކަން ވަރަށް އޮމާން އަދި ފަސޭހަ އިންތިޒާމްތަކެއްގެ ތެރެއިން ކުރިއަށްގެންދެވުނު ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންނަށް އިތުރަށް ފަސޭހަކޮށްދިނުމުގެގޮތުން މިރޭ 18:00 ގައި ޓޯކަން ދޫކުރަން އަލުން ފަށާއިރު ބައެއް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިރޭ ޓޯކަން ދޫކުރަން ފަށާއިރު ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު ރެޔަށްވުރެ އިތުރުކުރާނެ ކަމަށެވެ. އަދި މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީޚަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީޚު އަވަސްކޮށް ރީޝެޑިއުލްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން، ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްލަންޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިޔަށްގެންދެވޭނެކަމަށްވެސް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށާއި، ހުރިހާ ގޭބިސީއަކަށް ލިބެންދެން މި މަސައްކަތް ކުރިއަށްދާނެކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށްވުމާއެކު، ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަޤީންކަން އަރުވަން. ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ.

މި ބަދަލުތަކާއެކު، ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް ލިބުމުގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ކުޑަވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވި އެވެ.

ރަމަޟާން 1446 މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ