ސައްހަ ވިސާ ނެތި މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅެމުން ދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގަމުންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން، ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ސައްޚަ ވިސާ ނެތި މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއް އަދި ކެފޭއެއް ބަލައި ފާސްކޮށްފައިވެ އެވެ. މީގެ އިތުރުން، މިދިޔަ އަންގާރަ ދުވަހު މާލޭގައި ހިންގަމުންދާ ފަސް ކުދި މާރުކޭޓެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއް އެކުލަވާލާފަ އެވެ. ދާޚިލީ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވެފައިވާ ގޮތުގައި މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ ތެރޭގަ އެވެ.

އިމިގްރޭޝަނުން މިހާރު ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މީގެ އިތުރުން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައްވެސް ކުރިއަށް ގެންދެއެވެ. މި މަސައްކަތްތަކަކީ ރާއްޖޭގެ އިމިގްރޭޝަން ނިޒާމު ހަރުދަނާކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިދޭސީން ބިދޭސީންގެ މައްސަލަ އިމިގްރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ