ޕޮލްކޯގެ ކޮރަޕްޝަން: ވިސްލްބްލޯވަރެއްގެ ސިޓީއެއް މަޖިލީހަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕޮލްކޯގެ ތެރޭގައި އިތުރު ކޮރަޕްޝަންގެ ކަންކަން ހިންގާކަމަށް ތުހުމަތުކޮށް ވިސްލްބްލޯވަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާކަން ހާމަކޮށްފި އެވެ.

ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެފައިވަނީ ”ބްލޫސް ހައުސިންގ“ މަޝްރޫއާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ސްޕެޝަލް އޮޑިޓް ރިޕޯޓުންނެވެ.

މި އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓިއެއް ވަނީ އެކުލަވާލާފަ އެވެ. އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބޭއްވިއިރު، ކޮމިޓީގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބުރައިސް އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހުން ޕޮލްކޯގެ މައްސަލަ ބަލަންފެށުމާއެކު އެތަނުގައި މަސައްކަތްކުރާ ވިސްލްބްލޯވަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށެވެ.

”އެއީ، ހަމައެކަނި މި ހައުސިން ކަންތައް ނޫންކަމަށް ޕޮލްކޯގެ ފަރާތުން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ހުރީ. މިއަށްވުރެމާ ފުޅާދާއިރާއެއްގައި މުދަލާއި ހިދުމަތް ހޯދުމުގައި ޕޮލްކޯ ތެރޭގައި ކޮރަޕްޝަން ހިންގަމުންދާ ކަމަށް.“ 

ނާޒިމް ވިދާޅުވީ ސިޓީގައި ހަވާލާދީފައިވާ އެއް ރިޕޯޓަކީ އޭރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް 2019 ވަނަ އަހަރު ފޮނުވާފައިވާ ރިޕޯޓެއް ކަމަށެވެ. ނަމަވެސް އެ ރިޕޯޓާއި ގުޅިގެންވެސް ފިޔަވަޅެއް އަޅުއްވާފައި އޮތްކަމަށް ނުފެންނަ ކަމަށެވެ.

މި ސިޓީއަކީ ވިސްލްބްލޯވަރެއްގެ ފަރާތުން މަޖިލީހަށް ލިބުނު ސިޓީއަކަށް ވުމުން މަޖިލީހުން މިކަން ބެލުމުގައި އަމަލުކުރާނެ ގޮތެއް ބަލަން ބޭނުންވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން ނާޒިމް ވަނީ، ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ފުލުހުންގެ ބައެއް އޮފިސަރުންގެ ވާހަކަ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ބައެއް ބޭފުޅުންގެ ވާހަކަ ހިމެނޭ ކަމަށެވެ. އެހެންކަމުން މައްސަލަ ކުރިއަށްގެންދާއިރު އެބޭފުޅުން މަގާމުގައި ބައިތިއްބައިގެން ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ މިއީވެސް ނިންމަންޖެހޭ ކަމެއްކަމަށް ނާޒިމް ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުން ވަކި ހިސާބަކުން ކުރިއަށް ގެންގޮސްފައިވަނީ މައިކްތައް ކަނޑާލައިގެންނެވެ. އެހެންކަމުން ކޮމިޓީގައި މި މައްސަލައިގައި މިއަދު މަޝްވަރާކުރި ކަންކަމުގެ އިތުރު ތަފްސީލެއް ނޭނގެ އެވެ.

”ބްލޫސް ހައުސިންގ“ މަޝްރޫއާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ސްޕެޝަލް އޮޑިޓް ރިޕޯޓު ދިރާސާކުރާ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް އެވެ. ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ މެންބަރު ނާޒިމް އެވެ.

ރައްޔިތުންގެ މަޖިލިސް ކޮރަޕްޝަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މާލިއްޔަތު ކޮމެޓީ ދިވެހި ފުލުހުންގެ ޚިދުމަތް ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ