ދަނޑުވެރިކަމުގެ ތަޖުރިބާ އެހެން ރަށްރަށާ ހިއްސާކުރެވިގެންދިއުމަކީ ދާއިރާއަށް ލިބޭ ކުރިއެރުމެއް: މިނިސްޓަރ މާރިޔާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދަނޑުވެރިކަމުގައި އެއްރަށުގެ ތަޖުރިބާ އަނެއްރަށާއި ހިއްސާކުރުމަކީ ދަނޑުވެރިކަމުގެ ސިނާއަތަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެންވިދާޅުވެފައި ވަނީ، މިލަދުންމަޑުލު އުތުރުބުރީ ކައުންސިލް އިދާރާގެ މުއައްޒަފުން އައްޑޫ މީދޫ އަށް ކުރެއްވި ޒިޔާރަތުގައި ޒުވާން ދަނޑުވެރިޔާގެ ޑްރަގަން ފުރުޓް ފާމް އަދި ފްރެޝް ޔީލްޑް (ކިއުކަމްބާ) ފާމް އަށް ޒިޔާރެއްކުރުމުން ދަނޑުވެރިކަން ކުރައްވާ ގޮތުގެ މައުލޫމާތު ހިއްސާކުރުމާއި ގުޅިގެން، އެކަން ފާހަގަކުރައްވާ ކުރެއްވި ޕޯސްޓްގަ އެވެ.

ދަނޑުވެރިކަމުގެ ތަޖުރިބާ އެހެން ރަށްރަށާ ހިއްސާކުރެވިގެންދިއުމަކީ ވަރަށް އުފާވެރި ކަމެއްކަމަށެވެ. މިގޮތަށް ރަށްރަށުގެ މެދުގައި ތަޖުރިބާ ބަދަލުކުރެވި، އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަކީ ދިވެހި ދަނޑުވެރިކަން ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރަށުގެ ކައުންސިލްތަކުން މިފަދަ ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަމާއެކު މަސައްކަތް ކުރެއްވުމަށް ނަންގަވާފައިވާ މި ފިޔަވަޅަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ގިނަ މަސައްކަތްތަކެއް ކުރެވި، ދިވެހިރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމުގެ އުންމީދު ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

އަދި ރާއްޖެގައި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތަށް ޒުވާން ދަނޑުވެރިޔާއަށްވެސް މިނިސްޓަރގެ ޕޯސްޓްގައި ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ދަނޑުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ