ކ. ތުލުސްދޫގައި ތަރައްގީ ކުރަމުންދާ މެކޭނިކަލް ޓްރެއިނިންގ ސެންޓަރަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މުވައްޒަފުންގެ ހުނަރު ފެނިގެންދާ އިމާރާތެއްކަމަށް އެ ކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ހުސައިން ފަހުމީ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ފަހުމީ ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ ޢިމާރާތް ފަރުމާކުރުމާއި ޕްލޭންކުރުން މުޅިން ކުރެވިފައިވަނީ ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ކަމަށެވެ. އަދި މި މަޝްރޫޢުން މުވައްޒަފުންގެ ޚާއްޞަ ހުނަރުވެރިކަން ފެންނަން ހުރި ކަމަށް އެމްޑީ ފާހަގަކުރައްވާފައިވެއެވެ.
”މި ވަސީލަތް ޤާއިމުކުރުމުގެ މަސައްކަތް، އޭގެ ޚިޔާލު އުފެއްދުމުން ފެށިގެން ތަންފީޒުކުރުމާ ހަމައަށް، މުޅިން ކުރިއަށް ގެންދަނީ ސްޓެލްކޯގެ މުވައްޒަފުން،“ ހުސައިން ފަހުމީ ވިދާޅުވިއެވެ.
މީގެއިތުރުން، މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމުގައި ސްޓެލްކޯގެ މުވައްޒަފުން ދައްކަމުންދާ ފާހަގަކޮށްލެވޭ މަސައްކަތްތެރިކަމާއި ވަފާތެރިކަމާއި އަޒުމަށް ތަޢުރީފުކުރައްވާފައިވެއެވެ.
ކ. ތުލުސްދޫ ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ