ރަށްރަށުގައި ސޯލާ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު ޠާރިޤް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރަށްރަށުގައި ސޯލާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން ގްރިޑް ސިސްޓަމްތަކާއި ބެޓަރީ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށް އެންވާރަމަންޓް މިނިސްޓްރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޠާރިޤް މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ކުރިން އަޅާފައިވާ ކޭބަލް ނެޓްވޯކް ދުވަސްވުމުގެ ސަބަބުން ނެޓްވޯކްތައް ރަނގަޅުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ރަށްރަށުގެ ނެޓްވޯކްތައް ރަނގަޅުކޮށް ބެޓެރީ ސިސްޓަމްތައްވެސް ހަރުކުރަން ޖެހޭކަމަށް ޠާރިޤް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް 18 ރަށެއްގައި ބެޓެރީ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަރަށް ގިނަ ރަށްރަށުގައި ގްރިޑްގެ މަސައްކަތްތައްވެސް އެބަ ކުރަން. މިއީ ޕްރައިވެޓް ސެކްޓައިން އިންވެސްޓް ކޮށްގެން ކުރެވޭ މަސައްކަތްތަކެއް ނޫން. އެހެންވީމަ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓްއިން ކުރެވޭ މަސައްކަތްތައް މިއީ. ބެޓަރީ ލީމަ އަޅުގަނޑުމެން ޖަހާ ހުރިހާ ސޯލާ ޕެނަލްއެއްގައި އެ ވަގުތެއްގައި ބޭނުން ނުކުރެވޭނަމަ ބެޓެރީގައި ސްޓޯކުރުމަށްފަހު ރޭގަނޑު ބޭނުން ކުރެވޭނެ. އެކަން ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. މިހެން ޖެހިފައި ހުންނަ ރަށްރަށުގައި އަށް ގަޑިއިރުވެސް އެއްކޮށް ކަރަންޓް ނިއްވާލެވޭ.

ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ ފަސް އަހަރު ދުވަހުގެ ތެރޭގައި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ހުރީ އެންމެ 53 މެގަވޮޓުކަމަށާއި މިހާރު އެއަދަދު 70 މެގަވޯޓަށް ވަނީ އިތުރުކޮށްފައިކަމަށް މިނިސްޓަރު ޠާރިޤް ކުރިން ވަނީ ފާހަގަ ކުރައްވާފައެވެ.

2028 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ބޭނުންވާ އަމާޒާ އެއްގޮތަށް ކަންކަން ކުރުމަށް، ސަރުކާރުން މިހާތަނަށް ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ޖުމްލަ 450 މެގަވޮޓް ޤާއިމްކުރަން ޖެހޭކަމަށްވެސް މިނިސްޓަރު ޠާރިޤް ވަނީ ވިދާޅުވެފައެވެ.

އިޔާދަ ކުރަނިވި ހަކަތަ މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ