ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ގެންނަވަން ބޭނުންފުޅުވާ ތަރައްޤީގައި ފުލުހުންގެ ދައުރު ވަރަށް މުހިންމުކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ގައްސާން މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުން ހަވާލުކުރެއްވި މުހިންމު ޒިންމާތަކެއް އުފުއްލަވައިގެން ރައްޔިތުންނާއި މުޖުތަމަޢު ރައްކާތެރިކުރެއްވުމަށް ކަމަށެވެ. އަދި މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަވައި، އިގްތިސާދީގޮތުން ފުދުންތެރި ޤައުމަކަށް ހެއްދެވުމުގެ މަސައްކަތް ވަރަށް ޒިންމާދާރުކަމާއެކު ރައީސް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިގްތިސާދީ ގޮތުން ފުދުންތެރިކަން ހޯދުންވިޔަސް އިޖުތިމާޢީ ފޭރާން ހަރުދަނާކުރައްވަން ވިޔަސް މިހުރިހާ މަސައްކަތްޕުޅެއްގެ ހަގީގި އެއް މޭސްތިރިންނަށްވާނީ އަބަދުވެސް ދިވެހި ފުލުހުން، ތިބޭފުޅުންގެ މަސައްކަތްޕުޅުން ދިވެހިރާއްޖެއަކީ ސުލްހަމަސަލަސްކަން ދެމި އޮންނަ އަމަންއަމާން ވެއްޓެއް ޤާއިމުވެފައި އޮންނަ ޤައުމަކަށް ހެއްދެވުމަކީ ދިވެހި މުސްތަގުބަލް އުޖާލާވެގެންދާނެ މަގު.
ގައުމުގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި އަމަންއަމާންކަން އަދި އަދުލު އިންސާފު ގާއިމުވެފައި އޮތުމާއެކު ވަކިވަކި ފަރުދުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ފުލުހުންގެ ޒިންމާއެއްކަމަށް މިނިސްޓަރު ގައްސާން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ފުލުހުންގެ ޚިދުމަތް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން