ރާއްޖޭގެ މުސްތަގުބަލަށްޓަކައި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުން ލާޒިމު: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ މުސްތަގުބަލަށްޓަކައި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ލާޒިމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ސާފު ހަކަތައިގެ ދުވަހާ ގުޅިގެން ނެރުއްވި ޚާއްޞަ މެސެޖުގައި ރައީސް މުޢިއްޒު ވިދާޅުވީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ހިރާސް ބޮޑު، ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ރައީސް މުޢިއްޒުގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، 2028 ވަނަ އަހަރު ނިމޭއިރު ރާއްޖޭގައި ބޭނުންކުރާ ކަރަންޓު ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ އަދުގެ ސަރުކާރުގެ އަމާޒެކެވެ. އަދި މިހާތަނަށް ވެސް ޚާއްޞަކޮށް ސޯލަރ ޕަވަރ އިނީޝިއޭޓިވްސްގެ ދަށުން ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފަ އެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި، ހަކަތައިގެ ސަޕްލައި އަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

މީގެއިތުރުން، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ޕްރައިވެޓް ސެކްޓަރުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި، މި މަސައްކަތުގައި ދެމިތިބުމަށް ރައީސް މުޢިއްޒު ވަނީ ހިތްވަރުދެއްވާފަ އެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ޙާޞިލުކުރެވި، ހަކަތައިގެ ރައްކާތެރިކަމާއި އިޤްތިޞާދީ ހަރުދަނާކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ