އިލެކްޝަންސް ކޮމިިޝާން (އީސީ) އާ އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެމްބަރުން އައްޔަންކުރައްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރެއްވި ދެ މެންބަރުންނަކީ، ދަފުތަރު ނަންބަރު ރސ 1548 ގެ މުޙައްމަދު ޒާހިދާއި، ކ.ހުރާ / ރޯޒް، ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ. މި ދެ މެންބަރުން އައްޔަންކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ.
އޭސީސީއަށް އައްޔަންކުރެއްވި ދެ މެންބަރުންނަކީ، މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދާއި ރ. އަލިފުށި / ފަސާނާ، ޢަބްދުﷲ ނާޝިދެވެ. އަޙްމަދު ނާޝިދަކީ ޕޮލިސް ބޯޑުގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައިވާ، އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުގެ މެނޭޖަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އައު މެންބަރުން ވަނީ މަޤާމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއިކުރައްވާފައެވެ. އަދި އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ މެންބަރުކަމުގެ ލިޔުން އައު މެންބަރުންނާ ހަވާލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަން (އީސީ) އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)