40 އަހަރުގެ ދިވެހި އަންހެނެއް މިއަދު ހެދުނު 10.45 ކަން ހާއިރުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި އާއި އެއްކޮށް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އެމީހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި ބޯޓަކުން ފުވައްމުލަކަށް ގެނައި ފޮށިގަނޑެއް ބަލާއި ފާސްކޮށް ދިވެހި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އެގޮތުން ފުލުހުން މީގެ އިތުރަށް ބުނާ ގޮތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބޯޓުން ގެނައި ފޮށިގަނޑުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރުމުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުނެވެ.