އެޗްޑީސީ، ރަށު އެކްސްޕޯ 2025 ގެ ވެނިއު ޕާޓްނަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ދަ ޓްރެވަލް ގައިޒްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ތައްޔާރުވަމުންދާ ”ރަށު އެކްސްޕޯ 2025“ ގެ ވެނިއު ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސާފި އެވެ.

”ރަށު އެކްސްޕޯ 2025“ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ފެބުރުއަރީމަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި، މުޖުތަމަޢުގެ ކުރިއެރުމަށާއި، ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެޗްޑީސީން ދޭ އެއްބާރުލުން ފާހަގަކޮށް ދަ ޓްރެވަލް ގައިޒް އިން ބުނީ، ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަށު އެކްސްޕޯ އަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ގެސްޓްހައުސްތަކުގެ ޚިދުމަތްތައް ދައްކުވައިދީ، ޚާއްޞަ ޕެކޭޖުތައް ސީދާ ރާއްޖޭގެ ރައްޔިތުންނަށް ވިއްކުމަށް ލިބޭނެ ހަރުދަނާ ކަމެއްކަމަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކަކީ އެޗްޑީސީގެ ބެލުމުގެެލުމުގެ ދަށުގައިވާ ތަނަކަށްވުމާއެކު، މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރަނގަޅު ވެނިއުއަކަށްވެފައި ފަސޭހައިން ވަދެވޭގޮތަށް ހުރުމާއި، މުޖުތަމަޢަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ގޮތުން ސެންޓްރަލް ޕާކަކީ ރާއްޖޭގެ ވިޔަފާރިތަކާއި ދިވެހި ދަތުރުވެރިންނާ ގުޅުން ބަދަހިކުރުމަށް ޚާއްޞަކުރެވިފައިވާ މިފަދަ އިވެންޓަކަށް އެންމެ އެކަށޭނަ ތަނެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ