މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 301 މިލިޔަން ރުފިޔާ

Advertisement

Advertisement

އެންމެ ފަސް

Advertisement

އިމްޕޯޓު އެކްސްޕޯޓުން މިދިޔަމަހު ދައުލަތަށް 301 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެންބަރުމަހު ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ އަދަދުވަނީ އިތުރުވެފައިވެ އެވެ. އެގޮތުން 2023 ވަނަ އަހަރުގެ ޑިސެންބަރުމަހު ދިވެހިރާއްޖެއަށް 5.1 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރުމަހު މިއަދަދު ވަނީ 5.8 ބިލިޔަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 13.7 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، ސިންގަޕޯ، ޗައިނާ، އިންޑިއާ އަދި މެލޭޝިއާއިން ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި މި ޤައުމުންތަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލެކްޓްރިކް ސާމާނެވެ.

ޑިސެންބަރުމަހު ރާއްޖެއައް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތައް:

  • ޔޫ.އޭ.އީ – 1479 މިލިޔަން ރުފިޔާ
  • ސިންގަޕޯ – 925 މިލިޔަން ރުފިޔާ
  • ޗައިނާ – 846 މިލިޔަން ރުފިޔާ
  • އިންޑިއާ – 675 މިލިޔަން ރުފިޔާ
  • މެލޭޝިއާ – 472 މިލިޔަން ރުފިޔާ

އެކްސްޕޯޓަށް ބާލާލާއިރު، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ރާއްޖެއަށް 250 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހު މި އަދަދުވަނީ 116 މިލިޔަން ރުފިޔާއަށް ދަށްވެފަ އެވެ.

ކަސްޓަމްސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ