ފުއާދުގެ ރައްދު؛ ހުޅަނގު ފަރާތުން އިރު އަރައިފިޔޭ މީހަކު ބުނާއިރަށް ގަބޫލުކުރާކަން ނުވާނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅަނގު ފަރާތުން އިރު އަރައިފިޔޭ މީހަކު ބުނާއިރަށް ގަބޫލުކުރާކަން ނުވާނެކަމަށް ރާއްޖެ އިން ތައިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުވަދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ފުވާދު މިހެން ވިދާޅުވެފައި ވަނީ، މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަސް ތެރޭ ޕީއެންސީއަށް 39،985 މީހުން ވެއްދި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

”ތި ހުންނަނީ ސަލާމަތް ބުއްދި ގަބޫލުނުކުރާ ވާހަކަ.“ ފުވާދުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

2024 ނޮވެންބަރު 23 ގައި ފުވާދު ވަކިވަންދެން އެފަދަ ކަމެއް ހިނގާފައި ނުހުންނާނެކަން ޔަގީން ކަމަށްވެސް ފުވާދުގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ފުވާދު ވިދާޅުވެފައި ވަނީ އެ ހިސާބުތަށް ރަނގަޅަށް ބެއްލެވުން އެދޭ ކަމަށެވެ.

އަދި ހުޅަނގު ފަރާތުން އިރު އަރައިފިއޭ މީހަކު ބުނާ އިރަށް ގަބޫލުކުރާކަށް ނުވާނެ ކަމަށްވެސް ފުވާދުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ މަގާމުގައި އޮތީ ވެރިކަމުގައި އޮތް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީއަށް ކޮންގްރެސް ޕާޓީ ވެފައި މިވަނީ އިދިކޮޅު އެމްޑީޕީއަށް ވުރެ 25،000 މެންބަރުން އިތުރުކޮށްގެންނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު ކޮންގްރެސް ޕާޓީގައި މިވަގުތު ތިބީ 68،968 މެންބަރުންނެވެ. އެމްޑީޕީގައި ތިބީ 43،755 މެންބަރުންނެވެ.

ކޮންގްރެސް ޕާޓީ އިލެކްޝަންސް ކޮމިޝަން (އީސީ) އެމްޑީޕީ ފުއާދު ތައުފީޤް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ