ހޮނިހިރު ދުވަހުވެސް ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތްދޭން ފަށަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކުން ހޮނިހިރު ދުވަސްތަކުގައިވެސް ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ދޭން ފަށައިފި އެވެ.

މިއީ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން އަލަށް ތަޢާރަފުކުރާ ޚިދުމަތެކެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް، މުޙައްމަދު ޝަމްއާން ވަހީދު ވިދާޅުވި ގޮތުގައި، ”މީގެ ކުރިން ޕާސްޕޯޓު ދޫކުރަމުން ދިއައީ ހަމައެކަނި ރަސްމީ ދުވަސްތަކުގައި ވީ ނަމަވެސް މާދަމާއިން ފެށިގެން ހަފްތާ ބަންދު ދުވަހެއް ކަމުގައިވާ ހޮނިހިރު ދުވަހުގައިވެސް ޕާސްޕޯޓު ލިބިލައްވާނެ“ އެވެ.

މި ޚިދުމަތް ލިބޭނެ ތަންތަނުގެ ތެރޭގައި ވެލާނާގެ އެއްވަނަ ފަންގިފިލާއާއި، ހުޅުމާލެ ފޭސް 1 ގެ އުމަރު ޒާހިރު ބިލްޑިންގ އަދި ހުޅުމާލެ ފޭސް 2 ގެ ވިނަރެސް އެއްވަނަ އަދި ދެވަނަ ފަންގިފިލާ ހިމެނެ އެވެ. މި ތަންތަނުން ހޮނިހިރު ދުވަހު ޕާސްޕޯޓު ދޫކުރުމަށް ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދުގައެވެ.

ޝަމްއާން އިތުރަށް ވިދާޅުވި ގޮތުގައި، މި ޚިދުމަތް މިގޮތަށް ބައްޓަންކުރެވިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިންނެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޚިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

މި އައު ޚިދުމަތާއެކު، ރަސްމީ ދުވަސްތަކުގެ އިތުރުން ހަފުތާ ބަންދުގައިވެސް ޕާސްޕޯޓު ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ އެވެ.

އިމިގްރޭޝަން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ