ފުލުހުންގެ ޕޮލްކޯގެ ހިޔާނާތުގެ ސަބަބުން ދިވެހިންނަށް ބޮޑު ގެއްލުމެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުލުހުންގެ ހައުސިންގ މަޝްރޫޢުގެ ދަށުން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހިންގި މަޝްރޫޢުގައި ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

2013 ވަނަ އަހަރު ފުލުހުންނަށް ޚާއްސަކޮށްގެން ހައުސިންގ ޔުނިޓުތަކެއް އެޅުމަށް ޕޮލްކޯއާ ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން މިހާތަނަށް 1.06 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެއީ އަކަފޫޓަކަށް 1،851 ރުފިޔާގެ މަގުންނެވެ.

މާލީ ވުޒާރާގެ ޓެންޑަރ އިވެލުއޭޝަން ބޯޑުގެ މަޢުލޫމާތުތަކަށް ބަލާއިރު، އާންމު ގޮތެއްގައި މިފަދަ ކޮންސްޓްރަކްޝަން މަސައްކަތްތައް އަމިއްލަ ކުންފުނިތަކުން ކޮށްދެނީ އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. މި ރޭޓުތަކަށް ބަލާއިރު މުޅި މަޝްރޫޢުގެ އަގު އެންމެ ބޮޑުވެގެން ވެސް ޖެހެންވާނީ 859.9 މިލިއަން ރުފިޔާއަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި މަޝްރޫޢު ހިންގާފައިވަނީ ނޫމަޑީގެ ރެޕްރެޒެންޓޭޓިވްއަކަށް ފައިދާވާނެ ގޮތަށެވެ. ނަމަވެސް އެއީ ކާކުކަން ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުލަތަށް ލިބުނު ގެއްލުމުގެ އަދަދު 240.1 މިލިއަން ރުފިޔާއާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގައި ހުރިކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ. މިއީ ދައުލަތުގެ މާލިއްޔަތަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓާ ޖެނެރަލް ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ