ނައިބް ރައީސް، މި އަހަރުގެ އެފްއެންބީ ޝޯ އިފްތިތާހުކޮށްދެއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް ބާއްވާ ފުޑް އެންޑް ބެވްރޭޖް ޝޯ (އެފްއެންޑްބީ ޝޯ)ގެ އަށްވަނަ ބުރު މިއަދު ހަވީރު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އިފްތިތާޙް ކޮށްދެއްވައިފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހައިރައިޒްއިން ދެއްވި މަޢުލޫމާތުގެ މަތިން، މި ޝޯގެ މައިގަނޑު މަޤްޞަދަކީ ރޯދަމަހަށް ޚާއްޞަކޮށް ތައްޔާރުކުރާ ކާބޯތަކެއްޗާ ބެހޭ މަޢުލޫމާތު އެއްތަނަކުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ޕްރޮޑަކްޓްތައް ގަތުމުގެ ކުރިން އެ ޕްރޮޑަކްޓްތަކާ ގުޅޭ އަގުހުރި މަޢުލޫމާތު މި ޝޯ މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ހައިރައިޒްއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ޝޯގައި އެކި ކުންފުނިތަކުންނާއި ކުދި ވިޔަފާރިތަކުން އަދި ރެސްޓޯރަންޓުތަކުން ވިއްކާ ބްރޭންޑުތަކާއި އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުޞަތު ޢާންމުންނަށް ލިބިގެންދާނެއެވެ. މި ޝޯ ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކަމަށާއި، ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށް ހުޅުވާލެވިފައިވާ ކަމަށް ބާއްވާ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޝޯއަކީ ރަމަޟާން މަހަށް ތައްޔާރުވާ ފަރާތްތަކަށް ބޭނުންތެރި މަޢުލޫމާތު ލިބި، އައު އުފެއްދުންތަކާ ތަޢާރަފުވުމުގެ މުހިންމު ފުރުޞަތެއް ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް އެފްއެންބީ ސޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ