އުރީދޫއިން އާ ކެމްޕޭނެއް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ޓެލެކޮމް ތަޖުރިބާތައް ފެންނަ އާ ކެމްޕޭނެއް ފަށައިފި އެވެ. މި ކެމްޕޭން ފަށާފައިވަނީ އުރީދޫގެ ނެޓްވޯކް ދައްކުވައިދޭ ކުރު، ހިތްގައިމު އިސްތިހާރުތަކަކާ އެކުގަ އެވެ.

މި ކެމްޕޭނުގައި އާންމުންނަށް އާއްމުކޮށް ދިމާވާ ކަނެކްޓިވިޓީގެ މައްސަލަތައް މަޖާ ގޮތަކަށް ދައްކުވައިދޭއިރު، މައިގަނޑު ކެރެކްޓަރުތައް ތައްޔާރުކޮށްފައިވަނީ ފިލްމީ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި އޭއައި އާއި ފެންވަރު ރަނގަޅު ޕްރޮސްތެޓިކްސްގެ އެހީ ހިމެނެއެވެ.

އުރީދޫއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ކެރެކްޓަރުތަކަކީ އެ ކުންފުނީގެ މެސްކޮޓްތަކެއް ނޫނެވެ. އޭގެ ބަދަލުގައި ކެރެކްޓަރުތައް ފައްކާކޮށްފައިވަނީ ނެޓްވޯކުގެ ތަޖުރިބާ ދަށްވުމުން ލިބޭ މާޔޫސްކަން މަޖާ ގޮތަކަށް ގެނެސްދިނުމަށެވެ.

މި ސިލްސިލާގެ ފުރަތަމަ އިސްތިހާރު ހާއްސަކޮށްފައިވަނީ ގޭމިން ކޮމިއުނިޓީއަށެވެ. މި އިސްތިހާރުގައި އުރީދޫއަކީ އެންމެ ރަނގަޅު ތަޖުރިބާއެއް ލިބޭ ގޭމިން ނެޓްވޯކުކަން ސިފަކޮށްދީފައިވެއެވެ.

އުރީދޫގެ ގްރޫޕް ޗީފް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ ވިދާޅުވީ ކަނެކްޓިވިޓީއަކީ މުނިފޫހިފިލުވުމާއި މަސައްކަތާއި ދިރިއުޅުމުގެ މައިބަދައަކަށް ވެގެންދާއިރު، އުރީދޫން ކިޔައިދެނީ ހަގީގީ ރަނގަޅު ނެޓްވޯކް ތަޖުރިބާއެއް ލިބުމަކީ ކޮބައިކަން ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވި ގޮތުގައި މި ކެމްޕޭނަކީ އުރީދޫގެ ނެޓްވޯކު ބޭނުން ކުރުމުން ކަސްޓަމަރުންނަށް ލިބިދޭ ފަސޭހަ ދައްކުވައިދީ، މުނިފޫހިފިލުވުމާއި މަޢުލޫމާތު ލިބޭ ގޮތަށް ބެލުންތެރިންނާ ގުޅުވައިދޭ ކެމްޕޭނެކެވެ.

މި ކެމްޕޭނުގެ އިތުރު އިސްތިހާރުތައް ކުރިއަށް އޮތް ދުވަސްތަކުގައި ނެރުމަށް ވަނީ ރޭވިފައެވެ.

އުރީދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ