ސައުދީ އަރަބިއްޔާގެ ޖެނެރަލް ޑިރެކްޓަރޭޓް އޮފް ޕާސްޕޯޓްގެ ދައުވަތަކަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝައްމާން ސައުދީ އަރަބިއްޔާއަށް ވަޑައިގެން، އެ ގައުމުގެ އިމިގްރޭޝަން އިސްވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި އިމިގްރޭޝަން އޮފިސަރުންނަށް ތަމްރީނު ދިނުމުގެ ފުރުސަތުތަކާއި، ދެ ގައުމުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، ޖާސޫސީ މަޢުލޫމާތު ހިއްސާކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފަ އެވެ.
ސައުދީ އަރަބިއްޔާގެ ފަރާތުން ދިވެހި ވަފުދަށް ހޫނު މަރުހަބާއެއް ކިޔައި، ވިސާ ދޫކުރުމާއި ބޯޑަރު މެނޭޖްމަންޓާއި ގުޅޭ ގޮތުން ގިނަ މަޢުލޫމާތުތަކެއް ހިއްސާކޮށްފައިވެ އެވެ. އަދި އިމިގްރޭޝަންގެ ޕްރޮސެސްތަކާ ބެހޭ މުހިންމު މުހިންމު މައުލޫމާތުތަކެއްވެސް ވަނީ ދެ ޤަައުމުގެ ދެމެދުގައި ބަދަލުކުރެވިފަ އެވެ.
ރާއްޖޭގެ ބޯދަރ ސެކިއުރިޓީ ވަރުގަދަކުރުމާއި ގުޅޭގޮތުން އިމިޤްރޭޝަން ކޮންޓްރޯލަރ ސައުދީއަށް ވަޑައިގެން މަޝްވަރާތައް ކުރިއަށްގެންދިޔައިރު، މިހާރުގެ އިމިގްރޭޝަން ކޮންޓްރޯލަރ މަޤާމާއި ހަވާލުވިފަހުން ވަނީ ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ދަނެގަތުމަށާއި، ގަވައިދާއި ހިލާފަށް ރާއްޖެ ވަންނަ ބިދޭސީނން އަތުލައިގަތުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ޚާއްޞަ އޮޕަރޭޝަނެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. މި އޮޕަރޭޝަން ފެށިފައިވަނީ މިދިޔަ އަހަރުގެ ޖޫން 30 ވަނަ ދުވަހުއެވެ. އިމިގްރޭޝަނުން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ރެއިޑްތަކުގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކުރެވިފަ އެވެ.
ރާއްޖެ - ސައުދީ އިމިގްރޭޝަން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު