މާކުރަތުގައި ބީއެމްއެލްގެ އޭޓީއެމްއެއް ގާއިމްކުރަން ކައުންސިލާ ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރ. މާކުރަތުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓާނެ އިމާރާތެއް ގާއިމްކުރަން އެރަށު ކައުންސިލާ ހަވާލުކޮށްފި އެވެ.

މާކުތަތުގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.

އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ބޭންކްގެ ޑިރެކްޓަރު އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ ބަދުރުއްދީން ހަސަން އެވެ. މާކުރަތު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް، މުޙައްމަދު ރަމީޒު އެވެ.

މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިވަގުތު ރާއްޖޭގައި ބީއެމްއެލްގެ 190 އޭޓީއެމް ގާއިމުކުރެވިފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމުކުރުމަކީ ބީއެމްއެލްގެ އަމާޒެކެވެ.

މާކުރަތުގައި ބީއެމްއެލްގެ އޭޓީއެމެއް ބަހައްޓަން ކައުންސިލާ ހަވާލުކުރި އިރު، ރ. ފައިނު ރ. އަނގޮޅިތީމު، ވާދޫ އާއި ރ. ރަސްގެތީމު، ރ. ހުޅުދުއްފާރު، ރ. ރަސްމާދޫ އަދި ރ. ކިނޮޅަސްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓަން އެ ރަށްރަށުގެ ކައުންސިލްތަކާ ވަނީ ހަވާލުކޮށްފަ އެވެ.

ރ. މާކުރަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ