ތޫނު އެއްޗަކުން ބިރުދައްކައި، ބިދޭސީއެއްގެ އަތުން ފޭރުނު 3 މީހަކު ހައްޔަރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ތޫނު އެއްޗަކުން ބިރުދައްކައި ބިދޭސީއެއްގެ އަތުން ފޭރުނު 3 މީހަކު މިއަދު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައިގެ ރިޕޯޓް ލިބިފައިވަނީ ރޭ 22:14 ހާއިރު ކަމަށެވެ.

އެ މައްސަލައާއި ގުޅިގެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 3 މީހުންނަކީ:

  1. ސ. ހިތަދޫ، އައްޒާ، މުބާރިކު މުހައްމަދު (34އ)
  2. ޏ. ފުވައްމުލައް، ދިގުވާނޑު/ ގުރަހާގެ، އަހުމަދު ފަޔާޒް (30އ)
  3. ޏ. ފުވައްމުލައް، ދިގުވާނޑު/ ކައިރުގެ، އަހުމަދު ނަދީފް (36އ)

ފުލުހުން ބުނީ އެ 3 މީހުން އަތުލައިގަތީ ނޯތު ހާބަރުގެ ސަރަހައްދުން ކަމަށެވެ.

އެ މީހުން ފޭރިފައި ވަނީ 1000 ރުފިޔާ، 10 ޔޫރޯ، 10 ބަންގްލަދޭޝް ޓާކާ، 20 ސްރީލަންކަން ރުފީ، 500 އިންޑިއަން ރުފީ އަދި 2 ސިންގަޕޫރު ޑޮލަރެވެ. ހައްޔަރުކުރި މީހުން އަތުން 1000 ދިވެހި ރުފިޔާ އާއި 20 ސްރީލަންކަން ރުޕީ އަދި 2 ސިންގަޕޫރު ޑޮލަރު ފެނިފައިވެ އެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ، އެ މައްސަލަ އިތުރަށް ބަލަމުން ގެންދާ ކަމަަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ