ފުވައްމުލައް ސިޓީގައި ހުއްޓިފައި އޮތް ހައުސިންގ މަޝްއޫއުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ދައުލަތުގެ މީޑިއާއައް ދެއްކެވި އިންޓަވިއުއެއްގަ އެވެ.
މިނިސްޓަރ ވިދާޅުވީ، ރައީސް އިޢުލާންކުރައްވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކަކީ މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކެއް ކަމަށެވެ.
ރައީސް އިޢުލާން ކުރައްވާފައިވާ ގޮތަށް މިމަހުގެ ތެރޭގައި މި މަޝްރޫޢޫތައް ކުރިއަށްގެންދިޔުމަށްޓަކައި ކޮންޓްރެކްޓަރ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން އަލަށް ފަށާފައިވާ މަޝްރޫޢުތަކުގެ އިތުރަށް މިހާރު ހުއްޓިފައި ހުރި ހައުސިންގ މަޝްރޫޢުތައް އަލުން ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށާއި ފުވައްމުލައް ސިޓީގައި ތަރައްޤީކުރުމަށް ހަވާލުކޮށްފައި އޮތް ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި އެ މަސައްކަތުގެ ކޮންޓްރެކްޓަރަށް ފައިސާ ހަމަޖައްސާދީ ފެށުމަށް ތައްޔާރުވެފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފުވައްމުލައް